އަލިފާން ރޯވެ އޭޑީކޭގެ ޔޮޓެއް އަޑިއަށް ހިގައްޖެ
މުހައްމަދު އާދަމް އަހްމަދު
07 ފެބްރުއަރީ 2025 - 17:03:20
އަލިފާނުގެ ހާދިސާއެއް ހިނގައި، އޭޑީކޭ ކުންފުނީގެ ލަގްޒަރީ ޔޮޓެއް އަޑިއަށް ހިގައްޖެއެވެ.
ފުލުހުން ބުނީ "ނައިވަމާ" ނަމަކަށް ކިޔާ ޔޮޓެއްގައި ރޯވެފައި ވަނީ ރީތި ރަށް ރިސޯޓާ ދިމާ ފަސް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށްކަމަށެވެ. އަދި އެ ރިޕޯޓް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ފަތިހު 03:43 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ފަސް މީހުން ތިބި ކަމަށް ފުލުހުން ވަނީ ބުނެއެވެ. އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް