ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގަތިން : މިނިސްޓަރު
މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

މިއަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން ދައުލަތުގެ މީޑީއިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މަސްތުވާތަކެތި ނައްތާލުމަށް މި ސަރުކާރުން ހާއްސަ އޮޕަރޭޝަންތައް ހިންގަމުން އަންނަކަމަށެވެ. އެ ގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް މި އޮޕަރޭޝަންތައް ހިންގަމުން އަންނަކަމަށް އިހްސާން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރު އަތުލައިގަނެވިފައިވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ޑްރަގުސްކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ހަވާލުވެ މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ އިހްސާން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ބޯޑަރުން މަސްތުވާތަކެތި އެތެރެކުރެވޭ މަގުތައް ބަންދުކޮށް، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން 'އިންޓެލިޖެންސް ބޭސްކޮށް' މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށެވެ. 

ފަހަކަށް އައިސް ރާއްޖޭގެ މަގުން ގެންދަން އުޅުނު ބައެއް ޑްރަގްސް ވަނީ ހިފަހައްތާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފަލަމުން ދިޔަ ބޯޓެއްވެސް ރާއްޖޭގެ ސަރަހައްދުން ވަނީ ދާދީ ފަހުން އަތުލައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް