
އެ މަގާމަށް ނާޒިމް އިންތިޛާބުވެވަޑައިގެންފައި ވަނީ މިހާރު އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ 67 ވަނަ ކޮމަންވެލްތް ޕާލިމެންޓަރީ ކޮންފަރަންސްގަ އެވެ.
ސަރަހައްދީ މަންދޫބުންގެ ދައުރު ދެމިގެންދަނީ 3 އަހަރަށް ކަމަށް ވާއިރު ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ސަރަޙައްދީ މަންދޫބުންނަކީ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމާއި، ސަރަހައްދުތަކުގެ މަސްލަހަތު ފައިދާހުރި ގޮތެއްގައި ތަމްސީލުކުރޭތޯ ބެލުމުގައި މުހިންމު ދައުރެއް އަދާކުރާބައެކެވެ.
އަދި، ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ބައިވެރިވުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން، ސަރަޙައްދީ މަންދޫބުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ އެސޯސިއޭޝަނުގެ ސަރަހައްދީ މަންދޫބަަކަށް ނާޒިމް އިންތިހާބުވެވަޑައިގެންނެވި އިރު، ނާޒިމް މިހާރު ވެސް ހުންނެވީ ކޮމަންވެލްތު ޕާލިމެންޓްރީ އެސޯސިއޭޝަންގެ ބައްދަލުވުންތަކަށް ވަޑައިގެން ޕާކިސްތާނުގެ ލާހޯރުގަ އެވެ.