ads
މިއަދުގެ ވޯޓުލުން ކުރިޔަށް ދާ މަރުކަޒެގެ އޮފިސަރަކު ވޯޓު ފޮއްޓެއް ހިފައިގެން
މި އަހަރަށް ތާވަލްކުރި ބައިލެކްޝަންތައް ފަށައިފި
މި އަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
Advertisement

ގާނޫނަށް ގެނައި ބަދަލާއި އެކު މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހޭނީ އަހަރަކު އެންމެ ދެ ފަހަރު އެވެ. މި ބަދަލާއި އެކު ބާއްވާ މިއީ ފުރަތަމަ ބައި އިލެކްޝަން އެވެ.

މިއަދު ބާއްވާ މި ބައި އިލެކްޝަން ޖުމްލަ 12 ރަށެއްގައި ބާއްވަ އެވެ. އޭގެ ތެރެއިން 10 ރަށެއްގައި ބާއްވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބެވެ. އަދި 2 ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރެ އެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރު އަދި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަނީ ހދ. ހިރިމަރަދޫ ނ. މިލަދޫ ނ. ފޮއްދޫ ރ. އިންނަމާދޫ ބ. ގޮއިދޫ އދ. ހަންޏާމީދޫ ދ. ހުޅުދެލި ލ. ގަން ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ ގަ އެވެ. މި އިންތިޚާބުގައި ޖުމްލަ 11،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށްދާއިރު، މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް