ads
ގއ. ވިލިނގިލި
ގއ އަތޮޅު ހޮސްޕިޓަލުގައި މަންމައާއި ދަރިފުޅު ނިޔާވުމާ ގުޅިގެން އިހުތިޖާޖު ކޮށްފި
ގއ. އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު މަންމައާއި ދަރިފުޅު ނިޔާވުމާ ގުޅިގެން އެ ހޮސްޕިޓަލުގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފިއެވެ.
Advertisement

އިހުތިޖާޖުގައި ބައިވެރިވި މީހުން ބުނި ގޮތުގައި، މާބަނޑު މީހާ ޝިއުނާ ތައުފީގު ނިޔާވެފައި ވަނީ މާލެ ގެންދިއުމަށް ލަސްވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ނިޔާވެފައި ވަނީ މާލެ ގެނައުމަށްފަހު އެވެ. ޝިއުނާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ތާ 24 ގަޑިއިރު ނުވަނީސް ނިޔާވެފައި ވަނީ ރަންވޭ މަތީގައި ތިއްބަ އެވެ.

ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ އަނބިމީހާއާއި ދަރިފުޅު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ. އަދި މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި، ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޑޮކްޓަރުން އިތުރުކުރުމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އަދި ހެލްތު މިނިސްޓްރީން ވެސް ވަނީ ޝިއުނާއަށް ފަރުވާ ދިނުމުގައި ކަންހިނގާދިޔަ ގޮތް ބަލަން ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް