![](https://cnm.mv/media/images/1541990811.jpg)
އެމްއެންޕީ ލީޑަރު ނާޒިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، ރައީސް މުޢިއްޒު ދެއްވި ބަޔާނުގައިވާ ކަންކަން ހާސިލުކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަންކަން ހަގީގަތަކަށް ވާނެ ކަމަށެވެ. އަދި މިއަހަރަކީ އިންގިލާބީ ކުރިއެރުމެއް ރާއްޖެއަށް އަންނާނެ އަހަރެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަކި އަމާޒަކަށް ވާސިލުވެވޭނެ ތަސައްވުރަކާއެކު އުންމީދީ ވާހަކަތަކެއް ހިއްސާކުރެއްވި ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ މިހާރުގެ ހާލަތާއި އެހާލަތު ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ބަޔާންކޮށް ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަން ޖެހެއެވެ.