މިއަދު ވަނީ މި ބައި އިލެކްޝަން ޖުމްލަ 12 ރަށެއްގައި ބާއްވާފައެވެ. އޭގެ ތެރެއިން 10 ރަށެއްގައި ބާއްވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބެވެ. އަދި 2 ރަށެއްގެ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރު އަދި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބެވެ.
މި ބައި އިލެކްޝަންޝްތަކުންވެސް ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއަދު ބޭއްވި ބައި އިލެކްޝަނުގައި ސަރުކާރުން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ނ. ލަންދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިއާ ހަތް ރަށެއްގެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކެވެ.
މިއަދުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ ދެ ގޮނޑިއެވެ.
ޕީއެންސީއަށް ލިބުނު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް
މީގެ އިތުރުން ވެރިކަންކުރާ ޕީއެންސީން ވަނީ ނ. ލަންދޫ ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑިވެސް ކާމިޔާބުކޮށްފައެވެ. އެ ގޮނޑި ލިބުނީ ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާއަށެވެ.
އިދިކޮޅު އެމްޑީޕީއަށް ލިބުނު ގޮނޑިތައް
އަމިއްލަ ގޮތުން ވާދަކޮށް ގޮނޑިކާމިޔާބުކުރި ކެންޑިޑޭޓުން
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުގައި 11325 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވާއިރު ޖުމްލަ 6،275 މީހުން ވޯޓުލިކަމަށެވެ. އެއީ ޝަރުތު ހަމަވާ މީހުންގެ 55.4 އިންސައްތަ އެވެ.