ads
ހައުސް ޕްލާޒާގައި ރޯވި އަލިފާން ނިންވާލުމުގެ މަސައްކަތް ކުރަނީ
ބުރުޒުމަގު ޝީ ބިލްޑިންގ ކައިރީ އިމާރާތެއްގައި ރޯވެ އަނދަނީ
ބުރުޒުމަގު ޝީ ބިލްޑިން ކައިރީ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ރޯވެ އަނދަމުން އަންނަނީ މ.ހައުސްޕްލާޒާ ގޭގައިކަމަށެވެ. އެތަނުން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން އަންނަނީ ކުރަމުންނެވެ. 

މި ތަނަކީ މީގެކުރިންވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިމާރާތެކެވެ. އެ ފަހަރު އެތަނުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި  ދެ މީހަކު ހައްޔަރުވެސް ކުރިއެވެ. ހައްޔަރުކުރި ދެމީހުންނަކީ އެ ހާދިސާ ހިނގި ވަގުތު އެއިމާރާތު ތެރޭގައި ތިބި ދެމީހުންނެވެ.

މި ތަނުގައި މީހުން ނޫޅެ ފަޅުކޮށް ހުންނަތާ ވަނީ އެތައް ދުވަހެއް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް