ads
ދީނީ ޖަމިއްޔާތަކާ އެކު އިސްލާމިކް މިިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
މި އަހަރުގެ ރޯދަ މަހު އިސްލާމީ ގިނަ ހަރަކާތްތަކެއް
މިއަހަރުގެ ރޯދަ މަހަށް ގިނަ ޕްރޮގުރާމްތަކެއް އިސްލާމިކް މިނިސްޓްރީ އިން ރާވައިފި އެވެ.
Advertisement

މި ޕްރޮގުރާމްތަކުގެ މަގުސަދަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިއާރު ފާޅުކޮށް، ރޯދަ މަހުގެ އަޅުކަންތަކަށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވައި، އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ.

ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން "މައިންޑްފުލް ރަމަޞާން" ނަމުގައި ވޯކްޝޮޕަކާއި، "މަރުހަބާ ރަމަޞާން" ގެ ނަމުގައި މާލޭ އާޓިފިޝަލް ބީޗުގައި ބޮޑު ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން، ރޯދަމަހުގެ ތެރޭގައި މާލޭގައި 8 އިހްޔާ ފޯރަމް އަދި 7 ސިޓީ/ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން 6 އިހްޔާ ފޯރަމް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހަކު މާލޭގައި އައުޓްރީޗް ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިން އަދިހަތިމާއި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް، ރޯދަ މަހުގެ ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު މާލެ ސަރަހައްދުގައި "އަސުރު ދަރުސް" ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އެ މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އާންމުން ހޭލުންތެރިކުރުމަށާއި ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގުރާމްތަކެއް ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ހުރިހާ ޕްރޮގުރާމްތަކަކީ ވެސް ދިވެހި ދައުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ހިންގާ ޕްރޮގުރާމްތަކެއް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް