ads
މާލެ އަތޮޅު ގުޅި. ފޮޓޯ : އައިލެންޑީ
ކ.ގުޅީގައި ވެމްކޯގެ ހިދުމަތް ފަަށައިފި
ކ. ގުޅީގައި ވެމްކޯގެ ހިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.
Advertisement

މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ގުޅީއަކީ މިހާރު ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ވެމްކޯގެ ހިދުމަތް ފެށުމާއެކު ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެ އެވެ. އަދި މީގެ ސަބަބުން ކުނި އުކާލުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގައުމީ ޕްލޭނެއް އެކުލަވާލާފަ އެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް، ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް