ads
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު ވާހަކަދައްކަވަނީ
މަސައްކަތުގެ މާހައުލުގައި އެންމެނަށް ހަމަހަމަ ފުރުސަތު ދޭންޖެހޭ: ޓޫރިޒަމް މިނިސްޓަރު
މަސައްކަތުގެ މާހައުލުގައި އެއްވެސް މީހަކު އިސްތިސްނާ ނުވާގޮތަށް ހުރިހާ މީހުންނަށް ހަމަހަމަ ފުރުސަތު ދޭންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މާޕް އިން އިންތިޒާމްކޮށްގެން ބޭއްވި 5 ވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން ހުޅުވައިދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ޒުވާނުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު ތާރިގް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާއަކީ ގައުމުގެ މައި އިގްތިސާދީ ހަރަކާތް ކަމަށްވެފައި، މި ދާއިރާއިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހެއެވެ. އަދި ސަރުކާރުން ޓޫރިޒަމް ދާއިރާ މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު، މި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެއެވެ.

"އިނޮވޭޓް، އެޑެޕްޓް އެންޑް ލީޑް؛ ބިލްޑިންގް ކޭޕަބިލިޓީޒް ފޯ އަ ޗޭންޖިންގް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ކޮންވެންޝަނަކީ ދެ ދުވަހުގެ މުއްދަތަށް ބޭއްވޭ ކޮންވެންޝަނެކެވެ. މި ކޮންވެންޝަނުގައި އެޗްއާރު ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ އިތުރުން ވަޒީފާގެ މާހައުލަށް ގެނެވޭ ބަދަލުތަކާއި ގުޅޭ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތާރިގް ވިދާޅުވީ ހުނަރުވެރިން ތަރައްގީކޮށް، އެ މީހުންގެ ގާބިލުކަން އިތުރުކުރުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެއް މި ސަރުކާރުން އެކުލަވާލާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް