ads
މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން
މެރިން އެކްސްޕޯގައި އެލިއާ ސްޓޯލް އިން ހަދިޔާއަކަށް 125,000 ރުފިޔާގެ އިންޖީނެއް
މެރިން އެކްސްޕޯގައި އެލިއާއިން އެއް ލައްކަ ފަންސަވީސް ހާސް ރުފިޔާގެ ޔަމަހާ އިންޖީނެއް ހަދިޔާ ކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
Advertisement

އެލިއާއިން ބުނީ މި އިންޖީނަކީ 50 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ކަމަށެވެ. މި އިންޖީނަކީ ކުދި އިންޖީނުތަކުގެ ތެރެއިން ތެޔޮ ހަރަދު ކުޑަ، ބާރު ދުވެލީގައި ދަތުރު ކުރެވޭނެ އިންޖީނެއްކަމަށް އެ ކުންފުނިން ބުނެއެވެ. 

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ސްޓޯލަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ފުރުމުގެ ފުރުސަތު ދެއެވެ. މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މި ޕްރޮމޯޝަނުގައި ބައިވެރިވެފައި ވެއެވެ.

your imageމެރިން އެކްސްޕޯގެ ތެރެއިން: ޔަމަހާ 

އެލިއާއިން އިތުރަށް ބުނީ އެ ކުންފުނިން އެ ސްޓޯލްގައި ހާއްސަ ޑިސްކައުންޓުތަކެއް ވެސް ދޭ ކަމަށެވެ. މިގޮތުން ފުލް ޕޭމަންޓް ކަސްޓަމަރުންނާއި އިންސްޓޯލްމަންޓަށް އިންޖީނު ނަގާ ކަސްޓަމަރުންނަށް އެޑްވާންސް ޕޭމަންޓު ދެއްކުމުން ހާއްސަ ޑިސްކައުންޓް ލިބޭނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މެރިން އެކްސްޕޯ ކުރިއަށް ދާނީ މިރޭގެ ނިޔަލަށް، ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ސެންޓްރަލް ޕާކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް