ads
ފުލުހުން މީހަކު ހައްޔަރު ކުރަނީ
ޑުރައިވަރަކު ހައްޔަރުކޮށް އަމަލުކުރިގޮތް ބަލަނީ
މަސްތުވެގެން އުޅަނދެއް ދުއްވިކަމަށް ބެލެވުނު މީހަކާމެދު ފުލުހުން އަމަލުކުރި ގޮތް މުރާޖާ ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ހޮނިހިރު ދުވަހުގެ ރޭ 10:13 ގައި މަސްތުގެ ހާލަތުގައި ހުރި މީހަކު އުޅަނދެއް ދުއްވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އޭނާ ދުއްވަމުންދިޔަ ވޭން ހުޅުމާލެ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައި އޮތް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބެލިބެލުމުން އެ އުޅަނދު ހުޅުމާލެ ފޭސް 2 އިން އަންނަނިކޮށް ފޭސް 2 އާއި ފޭސް 1 ގުޅުވައިދޭ ބްރިޖް ޑިވައިޑަރުގައި ވެސް ޖެހި އެކްސިޑެންޓްވެފައިވާކަން އެނގުނު ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމަށްފަހު ނެގެޓިވް ނަތީޖާއެއް ލިބުމުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލާގައި އެ މީހާއާމެދު އަމަލުކޮށްފައިވާ ގޮތް މުރާޖާ ކުރަމުންދާ ކަމަށާއި، އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް