މީޑިއާ އާ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށް މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށެވެ.
ރާއްޖޭގެ މަސްވެރި ސިނާއަތަކީ އެއީ ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުންވެސް އިންވެސްޓްކުރާނެ ސިނާއަތެއްގެ ގޮތުގައި، ސަރުކާރަށް ބަރޯސާ ނުވާ ގޮތަށް މިފްކޯވެސް އޮޕަރޭޓްކުރަން އެ މާހައުލު މިހާރު އުފެއްދިފައިވާކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މަސްވެރި ސިނާއަތުން މިއަދު މި ފެންނަ ހެޔޮ ބަދަލުތަކަކީ އިހްލާސްތެރިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ނަތީޖާ ކަމަށެވެ.