
ހުޅުމާލެ ސެންޓްރަލް ޕާކް ކުރިމަތިން އޮންނަ ސަރަހައްދު
ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކަކު ހޮސްޕިޓަލަށް
ގުފްތަގް އަޖީރު
10 ފެބްރުއަރީ 2025 - 18:36:47
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެކަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުފަހު 15:50 ހާއިރު ވިނަރެސް ފްލެޓް ސަރަހައްދުގައި ކަމަށެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލު ދުއްވަމުން ދިޔައީ ލައިސަންސް އޮތް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދިނެވެ.
ހުޅުމާލޭގައި މިފަދަ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ސައިކަލު ދުއްވުމުގައި ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސް ކުރެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް