
މި ދަތުރަކީ އިންޑިއާ ޕާލަމެންޓުގެ ދެ މަޖިލީހުގެ ވެރިންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި މަޖިލިސް ރައީސް، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ދަތުރުގައި އިންޑިއާގެ ނައިބު ރައީސްއާއި އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
މަޖިލިސް ރައީސްއާއެކު މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާނާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބާއި އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
މި ދަތުރު ނިންމަވާލައްވާ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.