ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ، މިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ދިޔަ ފުލުހުންނަށް އެތަނުން ބަޔަކު ނިކުމެގެން ފިލަން ދުވަނިކޮށް ފެނުނު ކަމަށެވެ.
ކަންވީގޮތް ބަލަން އެތަނަށް ވަންއިރު އެތަނުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެފައި އޮއްވާ ފެނުނުކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބޮލުން ބައެއް ބާލައި، އަނިޔާ ކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަނިޔާ ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން 4 މީހަކާއި 15 އަހަރުގެ ކުއްޖަކު ފުލުހުންގެ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.