ދިވެހި ބަހުގެ އިތުރުން އިނގިރޭސި ބަހުންނާއި ބަންގްލަދޭޝް ބަހުން އެކްސްގައީ އެމްޑަބްލިޔުއެސްސީން ކުރި ޕޯސްޓެއްގައި ބުނީ ފެން ރައްކާކުރާ ތަނގީއަކަށް ލުބުނު ގެއްކުމަކާއި ގުޅިގެން ތިލަފުށީގެ ފެނުގެ ހިދުމަތް ކެނޑިފައިވާކަމަށެވެ.
އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް އެކުންފުނީގެ ޓީމުން މަދސައްކަތް ކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
ފެން ތާނގީގެ މައްސަލަ ހައްލުކުރަމުންދާކަމަށް ބުނިނަމަވެސް ލިބުނީ ކޮން ގެއްލުމެއްކަމެއް އަދި ފެނުގެ ހިދުމަތް އަލުން ދެވޭނީ ކިހާ އިރަކުކަމެއް ކުންފިނުން ނުބުނެއެވެ.
ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ތާނގީ ފަޅައިގެން ދިޔަކަމުގެ ރިޕޯޓް މިއަދު ހަވީރު 16:50 ހާއިރު ލިބުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.