![](https://cnm.mv/media/images/safafafaa.jpg)
ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަން ކުރަން ނިންމާފައިވަނީ ބޫޓާނާއި ކުވޭތަށެވެ.
ބޫޓާނަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަންކުރަން ފޮނުވާފައިވަނީ ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދުއެވެ. ރާއްޖެއިން ކުވޭތަށް ކަނޑައަޅައި ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަންކުރަން ފޮނުވައިފައިވަނީ ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުއެވެ. ރާއްޖޭން ސްވިޒަލޭންޑަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ފޮނުވާފއިވަނީ ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ.
ނޮން ރެސިޑެންޓް ސަފީރުންގެ އިތުރުން ރާއްޖޭން ބައިނަލްއަގުވާމީ ދެ ޖަމްއިއްޔާއަކަށް ކަނޑައަޅާ ސަފީރުންގެ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށްވެސް ރައީސް ޑރ. މުިއއްޒު ވަނީ ފޮނުއްވާފައެވެ.
އެގޮތުން ރާއްޖޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައި އައްޔަން ކުރަން އެދިފައިވަނީ ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރުއެވެ. ސްވިސް ކޮންފެޑެރޭޝަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް، އައްޔަންކުރަން އެދިފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒުތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ.
މީގެއިތުރުން ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓްރަރީ އެންޑް އާޓިސްޓިކް ވޯކްސްގައި ރާއްޖޭން ބައިވެރިވުމަށް ރުހުން ހޯދަންވެސް ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހަށް ފޮނުވާފައެވެ.
މި ހުރިހާ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުވާފައެވެ.