
މިނިސްޓަރު އަމީން ވިދާޅުވީ މިއީ ވިޔަފާރީގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށާއި، މިހާރު ޓެކްސީ ދުއްވާ މީހުންނަށް މި ހިދުމަތާ ގުޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ މީހުން މިހާރު ގެންގުޅޭ ޓެކްސީތައް ދުއްވުމުގައި ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ނިންމާފައިވާ މި ހިދުމަތަށް 100 ޕަސަންޓު ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރާނެ ކަމަށާއި، މިއީ ރާއްޖޭގައި ފެންނަމުންދާ ޓެކްސީގެ ހިދުމަތުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހިދުމަތުގެ ތެރެއިން ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، މާލެއަށް ކުރު މުއްދަތަކަށް އަންނަ މީހުންނަށްވެސް މި ހިދުމަތުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.