ads
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަދި އިޤްތިޞާދީ ކޮމިޓީއިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި. އެމް.އެފް)ގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ތެރެއިން
ވަގުތު ނެތް، އިސްލާހީ ފިޔަވަޅު އަވަސްކުރޭ: އައިއެމްއެފް
ވަގުތު ނެތްކަމަށް ބުނެ، ސަރުކާރުން އަޅަން ހުށަހަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ސަރުކާރަށް އަނެއްކާވެސް ގޮވާލައިފިއެވެ.
Advertisement

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމަށް އިންޓާނޭޝަނަލް މަނިޓަރީ ފަންޑް (އައި. އެމް.އެފް)ގެ ވަފްދުގެ ބޭފުޅުން ވަނީ ހާޒިރުވެފަފައެވެ. 

އެ ވަފުދުން ދިރާސާތަކުގެ އަލީގައި މައުލޫމާތުތައް ހިއްސާކުރަމުން އެ ވަފުދުުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ދަނީ އަހަރުން އަހަރަށް ކުރިއަރަމުންކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުން ފާހަގަކުރެއްވިއެވެ. ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމާއެކީ މުޅި އިގުތިސާދަށްވެސް އޭގެ މަންފާ ލިބި ރަނގަޅު ދުވެއްޔެއްގައި ކުރިއަރާފައިވާކަން އެ ވަފްދުން ފާހަގަކުރުއެވެ. އަދި މި އަހަރުގެ ތެރޭގައި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާ ބޭނުންުރަން ފެށިއްޖެނަމަ އެ ކަމުގެ ފައިދާތައްވެސް އިގްތިސާދަށް ކުރާނެކަަމަށެވެ. 

އިގްތިސާދު ކުރި އެރިނަމަވެސް އެ ޓީމުން ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރުވެސް މާބޮޑަށް ލަސްވެއްޖެކަން ފާހަގަކޮށްފައެވެ. އަދި އިސްލާހީ ފިޔަވަޅު އެޅުމަށް މިހާރުވެސް ވަގުތު ކުޑަތަންވެއްޖެކަަމަށް ބުނެ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވާނަމަ، ދަރަނީގެ އިތުރުން ޑެފިސިޓްވެސް އިތުރަށް ބޮޑުވާނެކަން އެ ވަފްދުން ފާހަގަކުރިއެވެ.  

އައިއެމްއެފްގެ ވަފްދުން ބުނީ ސަރުކާރުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް މިހާރުވެސް ވަނީ މަޑުޖައްސައިލާފައި ވާކަމަށެވެ. އަދި އެކަން އެއީ ރަނގަޅު ނިންމުމެއްގެ ގޮތުގައިވެސް އެޓީމުން ފާހަގަކުރިއެވެ. 

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވާފައެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތައް 

  • ރައީސްގެ މުސާރައިން 50 އިންސައްތަ ނުނަގަން ނިންމުން 
  • ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުން މުސާރައިން %10 އުނިކުރުން. 
  • ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. 
  • ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން.
  • .މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. 
  • ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

މި ފިޔަވަޅުތައް އެޅި ނަމަވެސް، 12،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން އިސްތިސްނާވާނެ ކަމަށް ވެސް ރައީސްގެ ނިންމެވުމުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް