![](https://cnm.mv/media/images/229810_3_8832c343a965ef5269e9d645b6743d191c0bbdd8_medium.jpg)
ކްރިމިނަލް ކޯޓު
މަސްތުވާތަކެތީގެ މައްސަލަތަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާ
ގުފްތަގް އަޖީރު
12 ފެބްރުއަރީ 2025 - 16:13:34
މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. އަދި އިތުރު ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް މަސްތުވާތަކެތީގެ 228 މައްސަލަ ހުށަހެޅުނު އިރު، މެޖިސްޓްރޭޓް ކޯޓުތަކަށް 305 މައްސަލަ ހުށަހެޅިފައިވެ އެވެ. މިއީ ޝަރުއީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 42 ޕަސަންޓެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު ކޯޓުން ހުކުމްކޮށް ނިންމި މައްސަލަތަކުގެ ތެރެއިން 95 ޕަސަންޓަށްވުރެ ގިނަ މައްސަލައަކީ ކުށް ސާބިތުވެގެން ނިންމާފައިވާ މައްސަލަތަކެވެ. އަދި ހަމައެކަނި ހަތް މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް