ads
ސަލީމް އަދި ގާސިމް އިބްރާހިމް މިއަދު އައިއެމްއެފްއާ ބައްދަލުކުރެއްވުން
ސަބްސިޑީ ކަނޑާލުމުން ރައްޔިތުންނަށް ދަތިވާނެ: ގާސިމް
ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީ ކަނޑާލައިފިނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މި ވާހަކަ ގާސިމް ވިދާޅުވީ މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީގެ ޖޮއިންޓް ބައްދަލުވުމެއްގައި އައިއެމްއެފްގެ ވަފުދާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުވުމުގައި އައިއެމްއެފްގެ ފަރާތުން ވަނީ ސަބްސިޑީ ނިޒާމަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް ވިދާޅުވި ގޮތުގައި ސަބްސިޑީއަކީ ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް މުހިންމު އެއްޗެކެވެ. އަދި އެއީ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ދެމުން އަންނަ އެހީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިތުބާރު އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ބަޖެޓުގައި މިހާރު ހިމަނާފައިވާ ގޮތުން ކާޑާއި، ކަރަންޓު އަދި އެހެނިހެން ބާވަތްތަކުން ދޭ ސަބްސިޑީ، އެއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދިނުމަށް ވަނީ ރޭވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް