މި ގަވައިދުގެ ދަށުން، ކޮންމެ މީހަކަށްވެސް އެތެރެކުރެވޭނީ ގިނަވެގެން 50 ކަރުދާހެވެ. މިގޮތަށް އެތެރެކުރެވޭނީ ރޯލްނުކޮށް ހުންނަ ކަރުދާހާއި ފިލްޓަރު އެއްކޮށް ނުވަތަ ވަކިންނެވެ.
އެހެންނަމަވެސް، ސިނގިރޭޓު ނުވަތަ ބިޑި އުފެއްދުމަށް ބޭނުންކުރާ ފިލްޓަރާ އެކު ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮށި އެތެރެކުރުން ވަނީ މުޅިން މަނާކޮށްފައެވެ.
ސިނގިރޭޓު އުފައްދާ ހުސް ޓިއުބް
މިފަދަ ބޭނުމަށް ބޭނުންކުރާ އެއްވެސް އާލާތެއް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
މި ގަވައިދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށާއި، ދުންފަތުގެ ވިޔަފާރި ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ގަވައިދެކެވެ.