ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ސަރުކާރާއި ޕީއެންސީގެ ބަސް ތަފާތު ކަމަށް އެމްޑީޕީން ބުނެފި
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމާ ގުޅޭ ގޮތުން ސަރުކާރާއި ޕީއެންސީގެ އިސް މީހުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެމްޓީސީސީއާ ޓެކްސީ ހިދުމަތް ހަވާލުކޮށްފައިވަނީ، މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ސަރުކާރުން ޓެކްސީ ހިދުމަތް ނުފަށާނެ ކަމަށް ބުނެފައި ވަނިކޮށްކަމަށާއި، މިއީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އެމްޓީސީސީން ބުނީ މި ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތަކެއް ކަމަށެވެ. އަދި 24 ގަޑިއިރު މި ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސަރުކާރުން ވާންޖެހޭނީ އާންމު ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭ ފަރާތަކަށް ކަމަށާއި، އާންމު ވިޔަފާރިތަކާ ވާދަކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން ފެންނަނީ ދައުލަތް ހިންގަން ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށް ވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް