ރައީސް މުއިއްޒު އެމަނިކުފާނުގެ ޓްވިޓާ އެކައުންޓްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެޒޯ މުހައްމަދަކީ އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދުމުގައި މަގުބޫލު ހުނަރުވެރިކަމެއް ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.
މެޒޯ މުހައްމަދަކީ ދިވެހި ފަންނުވެރި ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ފަންނާނެކެވެ.
އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.