ads
"އަންލޮކިންގ ޖަސްޓިސް" ގެ ނަމުގައި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިނގިރޭސި ހައިކޮމިޝަނާއި އޭޖީ އޮފީހުން ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ މުހިންމު ބައްދަލުވުމެއް
އިނގިރޭސި ހައިކޮމިޝަނާއި ބަންޑާރަނައިބު އޮފީހުން ގުޅިގެން "އަންލޮކިންގ ޖަސްޓިސް" ގެ ނަމުގައި މުހިންމު ބައްދަލުވުމެއް ކުރުނބާ މޯލްޑިވްސްގައި ބާއްވައިފިއެވެ
Advertisement

މި ބައްދަލުވުމުގައި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި އެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.

ބަންޑާރަނައިބު އޮފީހުން ބުނީ މި ބައްދަލުވުމަކީ އިނގިރޭސި ހައިކޮމިޝަނުގެ ފަރާތުން ޓެޓްރާ ޓެކް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްއިން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ހޯދުންތައް ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ބަންޑާރަނައިބު އަހުމަދު އުޝާމްގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ދެމެހެއްޓެނިވި، ވަށާޖެހޭ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ބަންޑާރަނައިބު އުޝާމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ޖިނާއީ އަދުލުގެ ނިޒާމާމެދު ސްޓޭކްހޯލްޑަރުންގެ ތަސައްވުރާއި، ޖުޑީޝަލް ލީޑަރޝިޕްއާއި، އެ ނިޒާމު ޑިޖިޓައިޒްކުރުމާ ގުޅޭގޮތުން ތިން ޕެނަލް ޑިސްކަޝަން ބޭއްވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް