![](https://cnm.mv/media/images/ss_1.jpeg)
މަރުވެފައި ވަނީ ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) އެވެ.
މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ޑޮކްޓަރުާއިރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރުކަމަށް ކަރެކްޝަނުން ބުނެއެވެ.
އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރާ ގުޅިގެން ގުޅިގެން އެކަން އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްެރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.