މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރީގެ މިނިސްޓްރީއާއި ސައުދީ އަރަބިއާގެ ފޮރިން ޓްރޭޑް އޮތޯރިޓީއާ ދެމެދު ވެވޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ދެ ގައުމަށް ފައިދާވާނެ ގޮތަށް އިގުތިސާދީ އެއްބާރުލުން އިތުރުކުރެވޭނެއެވެ.
• ސައުދީ މިނިސްޓަރުންގެ މަޖިލީހުން ދިވެހިރާއްޖެއާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުން ފާސްކޮށްފި
• އެއްބަސްވުން ވެވެނީ އިގުތިސާދީ މިނިސްޓްރީއާއި ސައުދީ ފޮރިން ޓްރޭޑް އޮތޯރިޓީއާ ދެމެދު
• މިއީ ރައީސް މުއިއްޒާއި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ވިސްނުމާ އެއްގޮތަށް ކުރެވޭ މަސައްކަތެއް
• އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ