ads
ކުއްޖާގެ ކާފަ އިބްރާހިމް ދީދީ (ކ) އަދި މުނިކާފަ ހަސަން މޫސާ ދީދީ
ކުޑަކުއްޖާ ރޭޕް ކުރި ކާފަވެސް ޖަލުގައި މަރުވެއްޖެ
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އުމުރަށް ޖަލަށްފާއި ހުރި އެ ކުއްޖާގެ ކާފަވެސް ޖަލުގައި މަރުވެއްޖެއެވެ.
Advertisement

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ރޭ ކުއްލި ގޮތަކަށް މަރުވެފއިވަނީ  ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) އެވެ. 

އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުވެ އެ ކުއްޖާގެ ކާފައާއި މުނިކާފަވެސް އުމުރަށް ޖަލަށްލިއެވެ. ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ 85 އަހަރުވެސް މަރުވީ ޖަލުގައި ހުއްޓާ  ކުލިއަކަށެވެ. އޭނާ މަރުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަދުވަހުގެ ރެއެވެ. 

ކަރެލްޝަނުން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން 2:03 ޖަހާކަށް ހާއިރު މެޑިކަލް ޓީމް ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު ގައިކަމަށް ކަރެކްޝަނުން ބުނެއެވެ. 

މީނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަސްސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއްކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

އިބްރާހިމް ދީދީ މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަޑށް ކަރެކްޝަނުން ބުނެއެވެ.

81%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް