އެސްޓީއޯ އިން ރޯދައަށް ގެންނަ ކާށީގެ ފުރަތަމަ ޝިޕްމަންޓްމަންޓް މިހާރު ވަނީ އިންޑިއާ އިން ރާއްޖެއަށް ގެނެސްފަ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކާށި ވިއްކަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 5 ރުފިޔާގެ ރޭޓުންނެވެ.
ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯ އިން މިހާރު ވަނީ ލުނބޯވެސް ރާއްޖެއަށް ގެނެސްފަ އެވެ. ލުނބޯވެސް އަންނަ ހޮނިހިރު ދުވަހު ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ގަ އެވެ.
އެސްޓީއޯއިން މި ފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަަމަށާއި މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯ ވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ:
އެސްޓީއޯ އިން ބުނީ ރޯދަ މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.