ads
ފޮޓޯ: އެމްއެމްސީ
ނޫސްވެރިން އެކްރެޑިޓް ކުރުމަށް މީޑިއާ ކައުންސިލުން ނިންމައިފި
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފި އެވެ،

އެމްއެމްސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޭ ކޮވިޑް19 ގެ ކަންކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮންލައިން ނޫހަކުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޒިންމާދާރު އަމަލެއް ކަމުގައި ނުދެކޭކަމަށެވެ. 

އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް އަމަލުކުރާނެ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ. 

"އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި މި ކައުންސިލްގެ ރޫހު ހުރީއެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުމެވެ." އެމްއެމްސީގެ ޓްވީޓްގައި ވެއެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީހަކު ސުވާލުކުރި ގޮތުން އެކަމާއި ހިތްހަމަނުޖެހި ޑރ. ނަޒްލާވެސް ވަނީ އޭނާގެ ވާހަކަ ހުއްޓުވާ އެކަން ރަނގަޅު ކުރުމަށް އަންގާފައެވެ. އަދި ޑރ. ނަޒްލާ އެކަމުގައި އަމަލުކުރި ގޮތުން ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ޑރ. ނަޒްލާއަށް ތައުރީފް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް