އެމްޓީސީސީން ބުނީ ބުރުނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ބުރުނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
އެމްޓީސީސީން ބުނީ ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 28 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.