ads
ކަރަންޓު އިގްތިސާދުކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ގުރައިދޫގައި ބޭއްވި ސެޝަންގެ ތެރެއިން
މިއަދު މާލޭގެ ތިން ދަންފަޅިއަކަށް ކަރަންޓު ކެނޑޭނެ
މިއަދު މާލޭގެ އެކި ސަރަހައްދުތަކުން ތިން ދަންފަޅިއަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަންގައިފިއެވެ.
Advertisement

ފުރަތަމަ ދަންފަޅީގައި ހެނދުނު 10:00 އާއި 12:00 އާ ދެމެދު ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ލޮނުޒިޔާރަތްމަގު، ދޮންއަދަރާދަ ހިނގުން، ބަނަފްސާ މަގު، ރުއްކެނޑިޔާ ހިނގުން އަދި ބޮޑުރަސްގެފާނު މަގުން ކަރަންޓު ކެނޑިގެންދާނެއެވެ. ދެވަނަ ދަންފަޅީގައި ހެނދުނު 11:00 އާއި 11:30 އާ ދެމެދު ލޮނުޒިޔާރަތްމަގު، ބުރުޒުމަގު، އަމީނީމަގު އަދި ދޮންއަނދަރާދަ ހިނގުމުން ކަރަންޓު ކެނޑޭނެއެވެ.

ތިންވަނަ ދަންފަޅީގައި މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދު އިސްކަންދަރުމަގު، އެނބޫ ގޯޅި އަދި ގުލާލާ ގޯޅިން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި މަސައްކަތަކީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، މި މަސައްކަތުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މި މަސައްކަތަކީ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް