ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހަސަން ލަތީފް ވުދާޅުވީ، ސަރުކާރުން ރައްޔިތުންނަށް މުހިއްމު މައުލޫމާތުތައް ހާމަނުކޮށް ސިއްރުކުރަމުންދާ ކަމަށެވެ. މިގޮތުން، މިދިޔަ އަހަރު މަޖިލީހުން ފާސްކުރި 55 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކުރެވުނު ގޮތުގެ ތަފުސީލު ވެސް ސަރުކާރަށް ބުނެނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވުދާޅުވީ ސަރުކާރުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ވެސް މިހާރު ސިއްރެއްގެ ގޮތުގައި ބަހައްޓާފައިވާ މައުލޫމާތެއް ކަމަށެވެ. މިފަދަ މުހިއްމު މައުލޫމާތުތައް ރައްޔިތުންނަށް ނުލިބުމަކީ ސަރުކާރާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ކެނޑިގެން ދިޔުން ކަމަށް އޭނާ ބުންޏެވެ.