މާލެ ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނީ، ގިނަ ދުވަސްވެ ބޭނުން ނުކުރާ އުޅަނދުތައް މަގުމަތިން ނެގުމަކީ ރޯދަ މަހަށް މާލެ ސާފުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
މިއަދު ކުރިއަށްދާ ސާފުކުރުމުގެ މަސައްކަތުގެ ތެރޭގައި "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ" އާއި "ރޯދަ ސާފު" ގެ ނަމުގައި ދެ ހާއްސަ ހަރަކާތެއް ހިމެނެއެވެ. މި ދެ ހަރަކާތުގައި ވެސް މާލެ ސިޓީ ކައުންސިލުން ބައިވެރިވެއެވެ.
މި މަސައްކަތުގެ ތެރެއިން މާލޭގެ ފަސް ސަރަހައްދެއް ސާފުކުރުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ނިކުމެފައެވެ. އަދި ހުޅުލެ ސާފުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ވަކިން ކުރިއަށް ގެންދެއެވެ.