![](https://cnm.mv/media/images/siaiaiaia.jpg)
މި މައްސަލައިގައި ސިނާންއާއި އިތުރު ދެ މީހުން އެމްއައިބީއަށް ދައްކަންޖެހެނީ 2.52 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ހިމެނެނީ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން ނަގާފައިވާ 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 75,789 ރުފިޔާއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ހުކުމުގައި ވަނީ، މި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އަންގާފައެވެ. ނަމަވެސް ސިނާން ފައިސާ ނުދެއްކުމުން، އެމްއައިބީން ވަނީ ހުކުމް ތަންފީޒުކުރުމަށް އެދި އިތުރު މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން އަމިއްލަ މީހަކު ވަނީ ސިނާންގެ މަޖިލިސް ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ގާނޫނު އަސާސީގައި ވާގޮތުން ސާބިތު ދަރަންޏެއް ނުދައްކާ މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.