ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ނޯތް ޕޮލިސް -- ނ، ރ، ބ، ޅ -- ގައި ހިމެނޭ ރަށެއްގަ އެވެ.
ތުހުމަތު އޮތީ އިތުބާރުކުރެވޭ ފަދަ މަގާމެއްގައި -- ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮތް ދެ މީހަކަށެވެ. އެ ދެ މީހުން 18 އަހަރުނުވާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރާތާ ތިން އަހަރު ވެފައިވާ ކަމަަށް ވެ އެވެ.
މިގޮތުން އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުުހުން ބުންޏެވެ.
ތުހުމަތު ކުރެވޭ ދެ މީހަކު ހުރި ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ބުންޏެވެ.
ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.