
ސަފީރުން
ފަސް ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައަޅަން މަޖިލިހަށް
މުހައްމަދު އާދަމް އަހްމަދު
17 ފެބްރުއަރީ 2025 - 10:18:02
ރާއްޖޭން ފަސް ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މިއަދު މަޖިލިހަށް ފޮނުއްވި ނަން ފޮނުއްވި ބޭފުޅުންނަކީ މިހާރުވެސް ސަފީރުކަމުގެ ތިެއްބެވި ބޭފުޅުންނެވެ.
މަޖިލިހަށް މިއަދު ރައީސް ފޮނުއްވި ނަންތަތަކާއި ގައުމުތައް
- މެލޭޝިއާގައި ހުންނަވާ ޑރ. މަރިޔަމް ޝަބީނާ އަހްމަދު / ބުރުނާއިއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަަމަށް
- ބެލްޖިއަމްގއި ހުންނަވާ ގީލާ އަލީ / ނެދަލޭންޑްސްއާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަަމަށް
- ޔޫކޭގައި ހުންނަވާ އިރުތިޝާމް އާދަމް / ރާއްޖޭން ފްރާންސަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
- ސިންގަފޫރްގައި ހުންނަވާ މުހައްމަދު ލުއޭޒް / ރާއްޖޭން އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް
މި ނަންތައް ދިރާސާކުރުމަށް ހަރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
މީގެއިތުރުން އިތުރު ފަސް ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން މިދިޔަ ހަފްތާގެ ތެރޭގައިވެސް މަޖިލިހަށް ވަނީ ފޮނުވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް