ރައީސް މުއިއްޒު މި މަހުގެ 1 ވަނަ ދުވަހު ވަނީ ޓޫރިޒަމް މިނިސްޓްރީއާއި ތިމާވެށީގެ މިނިސްޓްރީ އެއްކޮށްލައްވާފައެވެ. މި ބަދަލު ގެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިނިސްޓަރު ތޯރިގަށް ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކެވި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ ޠާރިގަކީ މި މަގާމަށް އެންމެ އެކަށޭނަ ބޭފުޅެއްކަމަށް ބުނެފައެވެ.
މި ބަދަލާއެކު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، ބަޔޮސްފިއަރ ރިޒާރވް އޮފީސް ހިނގަމުންދާނީ އާ މިނިސްޓްރީގެ ދަށުންނެވެ.