ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަން ފިޔަވައި އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މި ފަހުން ވަނީ މާލޭގެ ދެ ބޮންޑެޑްވެއާ ހައުސް އަކުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަނީ ގެއްލިފަ އެވެ. އެ މައްސަލަ ވެސް ކަސްޓަމްސް އާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެެވެ. އަދި ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.