ads
ދިވެހި ބަހުގެ އެކެޑަމީ
ދިވެހި އާ ބަސްތަކެއް، ލެޓިއުސްއަށް "ސަލާދުފަތް"، ޔޫރިންނަށް '"މޫތް"
ލެޓިއުސްއަށްވެސް އާ ދިވެހިބަހެއް ދީ ދިވެހި ބަހުގެ އެކަޑަމީން މުޅިންއާ ދިވެހި ލަފުޒުތަކެއް އުފައްދާ އާންމުކޮށްފިއެވެ. ދިވެހި އާ ބަސްތަކެއް، ލެޓިއުސްއަށް "ސަލާދުފަތް"، ޔޫރިންނަށް '"މޫތް"
Advertisement

ބަހުގެ އެކަޑީމީން ވަނީ މުޅިން އާ 72 ދިވެހި ލަފުޒު އުފައްދާއެވެ. އަދި އެ ލަފުޒުތައް ވަނީ އާއްމުކޮށްފައެވެ. 

އެކަޑަމީން މިއަދު އާއްމުކުރި އާ ލަފުޒުތަކުގެ ތެެރޭގައި ލެޓިއުސްއަށް ވަނީ ދިވެހި ނަމެއް ދީފައެވެ. ލެޓިއުސަށް ދީފައިވާ  ދިވެހި ނަމަކީ "ސަލާދުފަތް" މިއެވެ. 

މީގެއިތުރުން ނެރުނު ބަސްތަކުގެ ތެރޭގައި އިނގިރޭސި ބަސް ފްލޭޖަށް ދިވެހި ބަހުން ދީފައިވާ ނަމަކީ "ސަމާލުކުރުން" މިނަމެވެ. މީގެއިތުރުން ވިޝަން މި ބަހަށް ދީފައިވާ ދިވެހި ނަމަކީ "މާރެސް" މި ނަމަވެއެވެ. މީގެ އިތުރުން ޅެންފަރުވާ މި ބަސްވެސް ވަނީ އާ ދިވެހި ބަހެއްގެ ގޮތުގައި އަލަށް ނެރުނު ލިސްޓުގައި ހިމަނާފައެވެ. 

އާ ލިސްޓުގައި ގެސްޓްހައުސްގެ ދިވެހި ނަމަކީ" ފަތުރުވެހި" އެވެ. ޔޫރިިންއަށް ދިވެހި ބަހުން ދީފައިވާ ނަމަކީ"މޫތް" އެވެ.

އެކަޑަމީން މިއަދު ވަނީ އާ ލަފުޒުތަކާއިއެކު އެ ލަފުޒުތަކުގެ މާނަތައްވެސް އާންމުކޮށްފައެވެ. އެކަޑަމީން ބުނީ  މިއީ މިދިޔަ އަހަރު އުފައްދާފައިވާ ބަސްތަކެއްކަމަށެވެ.  

32%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް