
ޑޮލަރު
ފަތުރުވެރިކަމުގެ ވިޔަފާރީތަކުން ޑޮލަރު މާރުކުރުން އިތުރަށް ފަސޭހަކޮށްދީފި
އައިޝަތު ރަޝާ
18 ފެބްރުއަރީ 2025 - 20:01:38
ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެން ވިޔަފާރިތަކަށް ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އިން އެފަރާތްތަަކަށް ޑޮލަރު މާރުކުރުމުގެ ހިދުމަތް އިތުރަށް ފަސޭހަކުރެވިފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މިއީ ބޭރު ފައިސާގެ ގަވައިދާއި އެމްއެމްއޭގެ ބޭރު ފައިސާގެ ގަވައިދުގެ ދަށުން ގެެނެވުނު ބަދަލެއް ކަމަށެވެ.
ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ކުރިއަށް ގެންދާ ހުރިހާ، ކޮންމެހެން ކުރަންޖެހޭ މުއާމަލާތްތައް ޓްރެކްކޮށް ރިވިއު ކުރެވޭނެ ފުރިހަމަ އެކްޓިވިޓީ ރިޕޯޓެއް ބަލާލެވޭ އިރު 15.42ރ ގެ ބޭންކުގެ ވިއްކާ ރޭޓުން ޑޮލަރު ބަދަލުކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި އޮންލައިން ޕްލެޓްފޯމްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮންމެހެން ކުރަންޖެހޭ ބަދަލުތައް ސްޓްރީމްލައިންކޮށް، ރެގިއުލޭޓަރީ ރިކުއަމަންޓްތަކަށް ތަބާވާކަން ކަށަވަރުކޮށްދޭއިރު، ވިޔަފާރިތަކުގެ ފައިސާގެ ބަދަލުތައް ފަސޭހައިން އަދި ފައިދާހުރި ގޮތެއްގައި ބެލެހެއްޓުން ކަމުގަިއ ބީއެމްއެލްއިން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް