ads
ރައީސް ޑޜ. މުހައްމަދު މުއިއްޒާއި މިނިސްޓަރު ހަލީލް
ފަނޑިޔާރުން ވަކިކުރީ މަޖިލީހުން، ސަރުކާރުގެ ނުފޫޒެއް ނެތް: ފޮރިން މިނިސްޓަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ޖޭއެސްސީގެ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ފަހަތުގައި ސަރުކާރު އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަބަރުތައް ދޮގުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ވެރިންނަށް އަރުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގަކުން ރައްޔިތުންގެ މަޖިލީހުން ކަމަށް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޝަރުޢީ ދާއިރާގެ އެއްވެސް މައްސަލައަކަށް ރައީސް ޑރ. މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ޝަރުއީ ދާއިރާ ހިންގުމުގެ ނިޒާމާ ވަކިކޮށް، މިނިވަންކޮށް ބޭއްވުމަށް ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ބޭރުގެ ފަރާތްތަކަށް ކަމުގެ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ދަނީ އެކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް