ads
ހައްޖުވެރިން
މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ ފްލައިޓުގައި 235 ހައްޖާޖީން
މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ ފްލައިޓުގައި 235 ހައްޖާޖީން ދަތުރުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

މި ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އަދި މިދުވަހަކީ މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ދުވަހުއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ކަންކަން ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހައްޖުވެރިންނަށް ލުއިފަސޭހަ ވެގެންދާނެ ފަދަ ކަމެއްގައި ރާއްޖެ ހިމެނުއްވުމަށް ނިންމެވީތީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއަށާއި ޕްރިންސް މުހައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ހައްޖުވެރިންނަށް އެތައް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި އިނީޝިއޭޓިވްގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ފުރިހަމަ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް