ads
ފަރެސްމާތޮޑާ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ހިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައީ
ފަރެސްމާތޮޑާ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ހިދުމަތްދޭން ތައްޔާރުވެއްޖެ
ގދ.ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިންމާ ހިފުމަތްދޭން ތައްޔާރުވެއްޖެއެވެ.
Advertisement

ގދ.ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއަކީ އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި މިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ. 2023 ވަނަ އަހަރު ފެށީ މި މަޝްރޫއުގެ މަސައްކަތް ކުރީ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑް ކުންފުނިންނެވެ. 

ގދ.ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތުގް ދަށުން އެރަށުގައި ވަނީ 90 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 625 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ބަހައްޓާފައެވެ. މީގެއިތުރުން 10 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކަކާއި 13 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެެއް ވަނީ އަޅާފައެވެ. އަދި 3 ޕަންޕިން ސްޓޭޝަނާއި 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ބަހައްޓާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ގދ.ފަރެސްމާތޮޑާގެ ފެނާއި ނަރުދަމާ ނިޒާމު ގެ މަސައްކަތް ނިންމާ މިހާރު ޓެސްޓްކުރުމުގެ ގޮތުން ހިދުމަތް ދެމުން އަންނަކަމަށެވެ. އަދި ޓެސްޓިންގެ މަސައްކަތް މިމަހުގެ 26ގައި ނިންމާލާނެކަމަށާއި ރަށަށް ހިދުމަތް ދިނުމަށް އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް  ކުރަމުން އަންނަކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް