
ހުޅުމާލެ ހޮސްޕިޓަލް---
ހުޅުމާލޭގެ އާބާދީއަށް އަމާޒުކޮށް 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމުކުރަނީ
ގުފްތަގް އަޖީރު
19 ފެބްރުއަރީ 2025 - 11:45:30
ހުޅުމާލޭގެ އަވަސް ދުވެލީގައި އިތުރުވަމުންދާ އާބާދީއަށް އަމާޒުކޮށް، 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފައިވާ އިރު، 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރު ޑައިލިސިސްގެ ހިދުމަތް ދެމުން ގެންދަނީ 10 އެނދުންނެވެ. އެހެންނަމަވެސް ހުޅުމާލޭގެ އާބާދީ އިތުރުވަމުން ދިއުމާ ގުޅިގެން އިތުރު އެނދުތަކެއް ބޭނުންވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން ދައުލަތުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް މެޑްޓެކުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ޑައިލިސިސް ސެންޓަރު ހިންގުމަށް ބޭނުންވާ މެޝިނަރީޒް އާއި ރީއެޖެންޓް ފޯރުކޮށްދޭނީ އަގު ނަގައިގެން މެޑްޓެކުން ކަމަށް ވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް