ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހެއެވެ. އަދި މި އިނާޔަތަކީ ވަގުތީ މުވައްޒަފުންނާއި ގާނޫނީ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް ލިބެންޖެހޭ އިނާޔަތެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ އަހަރު ރޯދަ އިނާޔަތް ނުލިބިގެން ގިނަ މުވައްޒަފުންތަކެއް ޝަކުވާ ހުށަހެޅިކަމަށް ލޭބަރ އޮތޯރިޓީން ފާހަގަކުރިއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެހައި ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައިވެއެވެ.
ލޭބަރ އޮތޯރިޓީން ބުނީ ރޯދަ އިނާޔަތް ނުލިބޭ ފަރާތްތަކަށް އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންނަށް މާދަމާގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށްވެސް ފާހަގަކުރިއެވެ.