ads
ކުޅުދުއްފުށި
ކުޅުދުއްފުށީ ކައުންސިލުގެ ހިދުމަތް ލިބޭނީ ހަފްތާގެ ދެ ދުވަހު
ކޮވިޑް-19 ގެ ސަބަބުން ސަރުކާރު ބަންދުކުރުމާއި ގުޅިގެން ހދ. ކުޅުދުއްފުށީ ކައުންސިލުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ގަޑިއާއި ދުވަސް އެ ކައުންސިލުން އާންމުކޮށްފި އެވެ.

އެ ކައުންސިލުން ބުނީ ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި އެ އިދާރާއިން އުފަން ދުވަހުގެ ރެޖިސްޓަރީ އާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ދެ ދުވަހު ކަމަށެވެ. 

އެގޮތުން، ކޮންމެ ހޯމަ، އަދި ބުދަ ދުވަހު އެ ކައުންސިލްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. މި ދެ ދުވަހު ކައުންސިލް ހުޅުވާފައި ހުންނާނީ ހެނދުނު 10:30 އިން 12:00 އަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. 

އެހެން ނަމަވެސް މިއަދު ކައުންސިލްގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފަނުވާ ކަމަށް ވެސް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. 

މީގެ އިތުރުން، ކައުންސިލްގެ ހިދުމަތްތައް ހޯދަން ބޭނުންވާ މީހުން ވައިބަރ މެދުވެރިކޮށް، އެމީހެއްގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު އަދި ބޭނުންވާ ހިދުމަތް މެސެޖަކުން އެންގުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. 

ކުޅުދުއްފުށީ ކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން ދޭންޖެހޭ އެހެން ހިދުމަތްތައް ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް 24 ގަޑިއިރު ލިބިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. މި ހިދުމަތްތައް ހޯދުމަށް ކައުންސިލް އިދާރާއަށް ދިއުމުގެ ބަދަލުގައި ޑެސްކަށް ގުޅާގެން ހޯދުމަށް ކައުންސިލުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް