ads
އަލަށް އަޅާ މިސްކިތަކުގެ ކުރެހުންތައް
އާ މިސްކިތްތަކެއް، ވަޒީރު ވިދާޅުވީ ރޯދައިގެ ފަހުން މަސައްކަތް ފަށާނެކަމަށް
މުޅިން އަލަށް އިމާރާތް ކުރާ ހަ މިސްކިތެއްގެ ކުރެހުންތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު ކުރެހުންތައް ދައްކާލި އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް އަދި ތ. ވޭމަންޑޫގައި އަލަށް އަޅަން ނިންމާފައިވާ މިސްކިތަކުގެ ކުރެހުންތަކެވެ. 

ވަޒީރު ޝަހީމް ވިދާޅުވީ މި މިސްކިތްތައް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެކަމަށެވެ. އަދި މިސްކިތްތައް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި މިސްކިތަކުގެ މަސައްކަތް މި ރޯދަމަސް ނިމޭއިރަށް ފަށާނެކަަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. 

your imageއަލަށް އަޅާ މިސްކިތަކުގެ ކުރެހުންތައް 

" މި މަޝްރޫއުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް. މަޝްރޫއުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ އިންޝާ ﷲ. " ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އަލަށް އަޅާ މިސްކިތަކަުގެ ޑިޒައިން އަކީ ފަހުގެ ކުރެހުންތަކެއްކަމަށާއި ކުރަހާފައިވަނީ ރިޔަން އިންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީ މިއީ ރާއްޖޭގެ ތާރީހާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއްކަމަށާއި މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތްތައްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް